މެމްބަރުންގެ ތަޢާރަފް
ކޮމިޝަން އެކުލެވިގެވަނީ 5 މެމްބަރުންގެ މައްޗަށެވެ. ކޮމިޝަނަށް އައު މެމްބަރުން ރައީސުލްޖުމްހުރިއްޔާ އައްޔަނުކުރެއްވީ 27 ނޮވެމްބަރ 2006 ގައެވެ. އައްޔަނުކޮއްފައިވާ މެމްބަރުންނަކީ އަލަފާޟިލް އަޙްމަދް ސަލީމް، އަލްފާޟިލް މުހަންމަދް ޒާހިދް، އަލްފާޟީލާ މަރިޔަމް އަޒްރާ، އަލްފާޟިލް އަޙްމަދް އަބްދުލް ކަރީމް އަދި އަލްފާޟިލާ މާޖިދާ މަޖްދީއެވެ.
ކޮމިޝަނުގެ މައިގަޑު މަޤްޞަދުތަކަކީ:
(ހ) އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހަށްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
(ށ) ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަށް ރައްކާތެރިކޮށް ދަމަހަށްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
(ނ) އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާޢަތްތަކަށް އެހީތެރިވެ، ހިތްވަރުދިނުން.

މަޤްސަދް
އިސްލާމީ ޝަރީއަތާއި ، ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރުކޮށް ދަމަހައްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.
ތައާރަފް
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޙްޝެކެވެ.
ކޮމިޝަން އުފެދިގެންއައި ގޮތް
ފުރަތަމަ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނެއް އުފެދިފައިވަނީ 10 ޑިސެމްބަރ 2003 ވަނަ އަހަރު ރައީސުލްޖުމްހުރިއްޔާގެ ޤަރާރެއްގެ ދަށުން، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބުމުގެ ބާރު ލިބިފައިވާ، މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައެވެ.
ކޮމިޝަން އެކުލެވިގެވަނީ 5 މެމްބަރުންގެ މައްޗަށެވެ. ކޮމިޝަނަށް އައު މެމްބަރުން ރައީސުލްޖުމްހުރިއްޔާ އައްޔަނުކުރެއްވީ 27 ނޮވެމްބަރ 2006 ގައެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތު ތަކާއި ބާރުތައް
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް
(ހ) މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް...
–އިތުރަށް ވިދާޅުވޭ-
ކޮމިޝަނުގެ ބާރުތައް
(ހ) މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަކަމަކަށް އެހީތެރިވެއްޖެކަމަށް ބުނެ...
–އިތުރަށް ވިދާޅުވޭ-
ތަޞައްވުރު
އިންސާނީ ޙައްޤުތައް، ޑިމޮކްރަސީ އަދި ޤާނޫނުގެ ހިމާޔަތް އެންމެނަށް