skip to content

ް

 

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ)       މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަކަމަކަށް އެހީތެރިވެއްޖެކަމަށް ބުނެ، އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، ނުވަތަ ކޮމިޝަނަށް އެފަދަ ކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޤަބޫލުކުރެވިއްޖެނަމަ، އެމައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި، މިބުނެވުނު ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ، މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެމައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި، މިޤާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން؛

 

(ށ)       އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ކޮމިޝަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ، އެމައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި، މިޤާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން؛

 

(ނ)      ރާއްޖޭގައި ޢަމަލުކުރެވޭ އެއްވެސް އިދާރީ އުސޫލަކީ، އެއްވެސް މީހަކަށް ލިބިދޭ އިންސާނީ ޙައްޤަކާ ޚިލާފު އުސޫލެއް ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބަލައި، ތަޙްޤީޤުކުރުމާއި، މިޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

 

(ރ)      ސަރުކާރުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކަށް ނިސްބަތްވާ އިދާރާއަކުން ނަމަވެސް، އިންސާނީ ޙައްޤުތަކާ ޚިލާފަށް ކަމެއް ހިންގާ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބަލައި، އެކަމާ ގުޅޭގޮތުން އަޅަން ކޮމިޝަނަށް ފެންނަ ފިޔަވަޅުތަކާ ބެހޭގޮތުން އެއިދާރާއަކަށް ލަފާދިނުން؛

 

(ބ)       އިންސާނީ ޙައްޤުތަކުގެ ރޫޙު ދިވެހިރާއްޖޭގައި އާލާކުރުމާއި، އެޙައްޤުތައް ރައްކާތެރިކުރުމާއި، ދެމެހެއްޓުމާއި ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ކުރުން؛

 

(ޅ)       ސަރުކާރުން އެކުލަވާލާ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި، އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކުރުމާއި، ޙިމާޔަތް ކުރުމާއި ދެމެހެއްޓުމުގެ ގޮތުން، ދޭންޖެހޭ މަޝްވަރާއާއި ލަފާ ސަރުކާރަށް ދިނުން؛

 

(ކ)       ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތަކުގެ ތެރޭގައި އިންސާނީ ޙައްޤަކާ ޚިލާފަށް ކަންތައްތަކެއް ހުރިނަމަ އެކަންކަން ފާހަގަކޮށް، ސަރުކާރަށް ހުށަހެޅުން؛

 

(އ)       އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގައާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަޞްދީޤު ކުރުމުގައި، ސަރުކާރަށް މަޝްވަރާއާއި ލަފާ ދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުން؛

 

(ވ)       އަލަށް އެކުލަވާލެވޭ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތައް އެކުލަވާލުމުގައި ޢަމަލީ ގޮތުން އެހީތެރިވެ، ބައިވެރިވުން؛

 

(މ)       އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން، ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެނިހެން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވައި، އެ ޙައްޤުތަކަށް ޙުރްމަތްތެރިކޮށް ހިތުމުގެ ރޫޙު އާލާކުރުން؛

 

(ފ)       އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުން؛

 

(ދ)       އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ގޮތުން ކޮމިޝަނަށް ފެންނަ ޚިޔާލުތަކާއި ހުށަހަޅާ ހުށަހެޅުންތައް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އާންމުކުރުން؛

 

(ތ)       އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި، މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް، ކުރަންޖެހޭ ކަންކަން ކުރުން.

 

 


back to top zfdsr4xucrrfa inz43rotp