ކޮމިޓީތައް
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވާ ކޮމިޓީ
މި ކޮމިޓީއަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައްބަލައި ތަޙްޤީޤްކޮށް ފިޔަވަޅު އެޅުމަށްޓަކައި މި ކޮމިޝަނުގައި އުފައްދާފައިވާ ކޮމިޓީއެކެވެ. މި ކޮމިޓީގެ މެންބަރުންނަކީ:
ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް (އެޗް.އާރް.އެމް.ޑީ) ކޮމިޓީ
މި ކޮމިޓީއަކީ ކޮމިޝަނުގެ މުވައްޒަފުންނާ ގުޅުންހުރި ކަންކަން ހަރުދަނާކަމާއި އިންސާފުވެރިކަމާ ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެފަދަ ކަންކަމާމެދު މަޝްވަރާކޮށް ގޮތް ނިންމާ އަދި މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ. މި ކޮމިޓީގެ މެމްބަރުންނަކީ
ބިޑް އިވެލުއޭޝަން ކޮމިޓީ
މި ކޮމިޓިއަކީ ކޮމިޝަނުގެ ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގެ ތެރެއިން މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެމަތީން ކޮމިޝަނުގެ ބިޑް ކޮމިޓީއިން ހުއްދަދޭންޖެހޭ ޕްރޮކިއުމަންޓްގެ މަސައްކަތްތަކަށް ހުއްދަދިނުމަށްޓަކައި މި ކޮމިޝަނުގައި އުފައްދާފައިވާ ކޮމިޓީއެކެވެ.
މުރާޖައާ ކޮމިޓީ
މި ކޮމިޓީއަކީ ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރު ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އެނިންމުމެއް އަލުން މުރާޖަޢާ ކޮށްދިނުންއެދި ހުށަހެޅުމުން އެމައްސަލައެއް މުރާޖަޢާކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.