Human Rights Commission of the Maldives

މައްސަލައެއް ހުށައަޅާނީ ކިހިނެތް



ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ހުށަހެޅުއްވިދާނެ ގޮތްތަކަކީ:

  • ޓޯލް ފްރީ ނަންބަރު މެދުވެރިކޮށް
  • ފޯން
  • ލިޔުމުން
  • މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް
  • އީމެއިލް

އިނގިރޭސި ނުވަތަ ދިވެހި ބަހުންވެސް މައްސަލަ ހުށަހެޅުއްވިދާނެއެވެ. މައްސަލައެއް ހުށަހެޅުއްވުމުގައި ބޭނުންފުޅުވާނަމަ އަޅުގަނޑުމެންގެ އެހީތެރިކަން ލިބޭނެއެވެ.

މައްސަލަ ހުށަހަޅުއްވާއިރު ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވަންޖެހޭނެއެވެ

  • މައްސަލަ ހުށަހަޅުއްވާ ފަރާތުގެ ނަން، އެޑްރެސް އަދި ފޯނު ނަމްބަރު
  • މައްސަލަ ރައްދުވާ ފަރާތާއި އެފަރާތާއި ގުޅޭނެ ނަމްބަރު
  • މައްސަލާގެ ތަފްޞީލް، އަދި މައްސަލަ ދިމާވި ވަގުތާއި މައްސަލާގައި ޝާމިލްވާ އެހެންހެން ފަރާތްތައް
  • މިމައްސަލާގައި ޤާނޫނާއި ޚިލާފު ވެފައިވާ މިންވަރު އަދި ޚިލާފުވެފައިވާ ޤާނޫނު
  • މިމައްސަލައާއިގުޅިގެން މީގެ ކުރިން އެހެން އެއްވެސް ފަރާތަކަށް މައްސަލަ ހުށަހަޅާފައިވާނެތޯ، އަދި ހުށަހަޅާފައިވާނަމަ ކަން ހިނގާދިޔަ ގޮތުގެ ތަފްޞީލް

ލިޔުމުންމައްސަލަހުށަހެޅުން

މައްސަލާގެ ތަފްޞީލް ރަގަޅަށް ލިޔުއްވުމަށްފަހު މައްސަލައާ ގުޅުން ހުރި އިތުރު ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

  • ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
  • 5 ވަނަ ފަންގިފިލާ، މއ.އުތުރުވެހި،
  • ކެނެރީމަގު، މާލެ،
  • ދިވެހިރާއްޖެ

ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ. ނަމާއި އެޑްރެސް ލިޔެފައި ނުވާނަމަ މައްސަލަ ބަލައެއް ނުގަނެވޭނެއެވެ.

މައްސަލަ ހުށަހަޅާ ފޯމުން މައްސަލަ ހުށަހެޅުން

ފޯމް ޑައުންލޯޑް ކުރެއްވުމަށްފަހު ފޯމު ފުރުއްވާފައި މަތީގައި ދެންނެވުނު އެޑްރެހަށް ފޮނުއްވާށެވެ.

Download form in PDF (ޕީޑީއެފް ފޯމް ޑައުންލޯޑް ކުރަން)

މިކޮމިޝަނުން ތިޔަފަރާތަށް ފޯމް ޕޯސްޓް ކުރަން ބޭނުންފުޅުވާނަމަ އީމެއިލުން އަޅުގަނޑުމެންމަށް އަންގަވާ ދެއްވާށެވެ. އަދި ފޯމް ޕޯސްޓް ކުރާނެ އެޑްރެސްވެސް އީމެއިލްގައި ހިމެނުއްވުން އެދެމެވެ.

އީމެއިލުން މައްސަލަ ހުށަހެޅުން

މައްސަލާގެ ޚުލާޞާއެއް ލިޔުއްވުމަށްފަހު info@hrcm.org.mv އަށް ފޮނުއްވާށެވެ.

ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރ އީމެއިލްގައި ހިމަނަންވާނެއެވެ. ނަމާއި އެޑްރެސް ހިމަނުއްވާފައި ނުވާނަމަ މައްސަލައެއްގެ ގޮތުގައި އީމެއިލް ބަލައެއް ނުގަނެވޭނެއެވެ.

  • ނޯޓް: މައްސަލަ ހުށަހެޅުމުގައި އިލެކްޓްރޯނިކްކޮށް ބަދަލު ކުރެވޭ އެއްވެސް މަޢުލޫމާތެއްގެ ރައްކާތެރިކަމާއި ސިއްރު ކަމުގެ ޔަގީންކަން މިކޮމިޝަނަކުން ނުދެވޭނެއެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގެ އެކަމުގެ ޒިންމާ މިކޮމިޝަނުން ނުނަގާނެ ވާހަކަވެސް ދަންނަވަމެވެ. ބޭނުންފުޅުވާނަމަ މައްސަލަ ހުށަހަޅާ ފޯމް ޑައުންލޯޑް ކުރެއްވުމަށްފަހު ފޯމް ފުރިހަމަ ކުރައްވާފައި މަތީގައި ދެންނެވިފައިވާ އެޑްރެހަށް ޕޯސްޓް ކުރެއްވިދާނެއެވެ.

ކުށުގެ ރެކޯޑު ފޯމު ބަލައިގަތުމާއި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

  • ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އާ ހަމައަށް ފޯމު ބަލައިގަންނާނެއެވެ.
  • ކޮންމެ ދުވަހެއްގެވެސް ހެނދުނު 11:00 ގެ ކުރިން ބަލައިގަންނަ ފޯމުތައް ހަމަ އެދުވަހުގެ މެންދުރުފަހު 13:00 ގެ ފަހުން ކައުންޓަރުން ދޫކުރާނެއެވެ.
  • އަދި ހެނދުނު 11:00 އާ މެންދުރުފަހު 3:00 އާ ދޭތެރޭގައި ބަލައިގަންނަ ފޯމުތައް ޖެހިގެން އަންނަ (ބަންދު ނޫން) ދުވަހުގެ ހެނދުނު 10:00 ގެ ފަހުން ކައުންޓަރުން ދޫކުރާނެއެވެ.

ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރަން އެދޭ ފަރާތްތަކަށް ބައްދަލުވުންތައް ހަމަ ޖެއްސުމަށް ޢަމަލުކުރެވެމުންދާ ގޮތް

  • ކޮމިޝަނުގެ މެންބަރަކާ ބައްދަލުކުރުމަށް އެދޭ ފަރާތްތަކަށް ބައްދަލުވުން ހަމަޖައްސައި ދިނުމުގައި އެދިވަޑައިގަންނަވާ ތަރުތީބުން ބައްދަލުވުންތައް ތަރުތީބުކުރެވި ހަމަޖައްސަމުން ގެންދެވޭނެއެވެ.
  • ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅުމަށް އެދޭ ފަރާތްތައް ފުރަތަމަ ކޭސް އޮފިސަރުންނާ ބައްދަލުކޮށް އެ މައްސަލެއެއްގެ މަޢުލޫމާތު ސާފުރުމަށްފަހު އިތުރު ކަންބޮޑުވުމެއްވާނަމަ އެފަރާތްތަކުން އެދޭ ގޮތުގެ މަތިން މެންބަރުންނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ.
  • ކޮމިޝަނުގެ މެންބަރުންނާ ބައްދުކުރުމަށް info@hrcm.org.mv އީމެއިލް ކުރެއްވުމުން ނުވަތަ ފޯނުގެ ޒަރިއްޔާއިން ބައްދަލުވުމަށް އެދިވަޑައިގެންނެވިދާނެއެވެ.