ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

2017 ވަނަ އަހަރު ނިންމާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބު

އޭޕްރިލް އިން ޖޫންއަށް2017 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތައް

އޭޕްރިލް އިން ޖޫންއަށް2017 ވަނަ އަހަރުގެ އޭޕްރިލް އިން ޖޫންގެ ނިޔަލަށް ހުށަހެޅިފައިވާ 94 މައްސަލަ ހުށަހަޅާފައިވާއިރު، 76 މައްސަލަ ބަލާ ނިންމާފައެވެ. ވީމާ މުޅިއަހަރަށް ބަލާއިރު ހުށަހެޅިފައިވާ ޖުމްލަ 213 މައްސަލައިގެ ތެރެއިން 117 މައްސަލަ ބަލާނިމި، ހުށަހެޅިފައިވާ މައްސަލަތަކުގެ 54% ބަލާ ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

2017 ވަނަ އަހަރުގެ ޖެނުއަރީ އިން މާރޗްއަށް ކޮމިޝަނަށް ހުށަހެޅިފައިވާ އަދި ކޮމިޝަނުން ބަލާ ނިންމާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބު

އެކި ދާއިރާތަކުން މައްސަލަ ހުށަހެޅި ނިންމިފައިވާ އަދަދަށް ބަލާއިރު، ލާއިންސާނީ ދާއިރާފިޔަވާ ހުރިހާ ދާއިރާއަކުންވެސް މިމުއްދަގެ ތެރޭގައި މައްސަލަ ހުށަހެޅިފައިވާ މިންވަރަށްވުރެ ގިނައަދަދަކަށް ނުވަތަ އެއްވަރު އަދަދަކަށް މައްސަލަ ބަލާ ނިންމާފައިވާކަން ފާހަގަކުރެވެއެވެ. ލާއިންސާނީ ދާއިރާގެ މައްސަލަތަކަކީ އެންޓި ޓޯޗަރ އެކްޓްގެ ދަށުން ބަލަމުންދާ 3 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ، އެހެންނަމަވެސް ނިންމަންޖެހޭ މުއްދަތު އަދި ހަމަނުވެހުރި މައްސަލަތައްކަންވެސް ފާހަގަކޮށްލެވެއެވެ.