އެޗްއާރްސީއެމްގެ ހިލޭގުޅޭ ނަމްބަރު "1424" ލޯންޗްކޮށްފި
29-07-2010


ހިއުމަން ރައިޓްސްކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހިލޭ ގުޅޭ ނަމްބަރު، "1424" މިއަދު ލޯންޗްކޮށްފިއެވެ. އެޗްއާރްސީއެމް ގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ނަމްބަރު ލޯންޗް ކޮށްދެއްވީ ކޮމިޝަންގެ ރައީސް އަޙްމަދު ސަލީމެވެ.

ހަފްތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00ން ރޭގަނޑު 12:00އާ ދެމެދު މި ނަމްބަރަށް ގުޅުއްވޭނެއެވެ. މިހިދުމަތުގެ ބޭނުމަކީ އިންސާނީ ޙައްޤުތަކާ ގުޅޭ މައްސަލަތަށް މިހާރަށް ވުރެ ފަސޭހަ އަދި އަވަސް ގޮތަކަށް ރިޕޯޓް ކުރުމަށް މަގުފަހިކޮށްދިނުމެވެ.

މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގަތުމާ ގުޅޭ މައްސަލައެއް ނުވަތަ ރާއްޖޭގައި ޢަމަލުކުރެވޭ އެއްވެސް އިދާރީ އުސޫލަކީ އެއްވެސް މީހަކަށް ލިބިދޭ އިންސާނީ ޙައްޤަކާ ޚިލާފުވެފައިވާ ކަމަށް ޤަބޫލުފުޅު ކުރެއްވޭ މައްސަލައެއް، ނުވަތަ ސަރުކާރުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކަށް ނިސްބަތްވާ އިދާރާއަކުން ނަމަވެސް، އިންސާނީ ޙައްޤުތަކާ ޚިލާފަށް ކަމެއް ހިންގާ ކަމަށް ޤަބޫލު ފުޅު ކުރެއްވޭ މައްސަލައެއް އެޗްއާރްސީއަމް އަށް ހުށަހެޅުއްވުމަށްވެސް މިނަމްބަރު 1424 ބޭނުން ކުރެވިދާނެއެވެ.

މީގެ އިތުރުން ފެކްސް، އީ-މެއިލް، ސިޓީ، ފޯނު، ނުވަތަ މައްސަލަ ހުށަހަޅާ ފޯރމު މެދުވެރިކޮށްވެސް އެޗް.އާރު.ސީ.އެމް އަށް މައްސަލަ ހުށްހެޅުއްވޭނެއެވެ.