Human Rights Commission of the Maldives

ބަޖެޓު

ތަޢާރަފު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ. މި ކޮމިޝަން ހިންގުމަށް ބޭނުންވާ ފައިސާ ލިބެނީ ދަޢުލަތުގެ ބަޖެޓުންނެވެ. ކޮންމެ އަހަރަކުވެސް ކޮމިޝަނުގެ ބަޖެޓު ތައްޔާރުކުރަނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ހިއުމަން ރައިޓްސް ކޮމިޝަނަށް ކަނޑައަޅާ ބަޖެޓު ސީލިންގއެއްގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ކޮމިޝަނުގެ އޮފީސް ހިންގުމުގެ ޚަރަދުގެ އިތުރުން ކޮމިޝަނުގެ ޤާނޫނީ ޒިންމާތައް އަދާކުރުމަޓަކައި އެނުއަލް ވަރކް ޕްލޭންގައި ހިމަނާފައިވާ ހަރަކާތްތައް ހިންގުމަށް ހިނގާނެކަމަށް ލަފާކުރާ ޚަރަދު ހިމަނައިގެން ތައްޔާރުކުރާ ބަޖެޓު، މި ސީލިންގއަށް ފެއްތުމަށް އެކި ޚަރަދުތައް އުނިކުރުމަށްފަހު ކޮންމެ އަހަރަކުވެސް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅެއެވެ. އަދި ރައްޔިތުންގެ މަޖީލީހުން ބަޖެޓު ފާސްވެގެން އަންނަނީވެސް މިނިސްޓްރީ އޮފް ފިނޭންސްއިން ކޮމިޝަނަށް ކަނޑައަޅާ ސީލިންގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން، ކޮމިޝަނުގެ ޤާނޫނީ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ހިންގަން ބޭނުންވާ ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރަކުވެސް މަޑުޖައްސާލަންޖެހެއެވެ.

ބަޖެޓު ތަފްސީލުތައް