Human Rights Commission of the Maldives

ތަޞައްވުރު

ދިވެހިރާއްޖެއަކީ ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު އިންސާނީ ހައްޤުތައް ކަށަވަރުވެގެންވާ، އެޙައްޤުތަކަށް ރައްކާތެރިވާ، އިޙްތިރާމްކުރާ ޤައުމަކަށްވުން.

މަޤްސަދު

އިސްލާމީ ޝަރީޢަތާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާ އެއްގޮތްވާގޮތުގެ މަތިން، އިންސާނީ ޙައްޤުތަކަށް އިޚްތިރާމްކުރާ ޘަޤާފަތެއް ޤާއިމްކޮށް، އިންސާނީ ޙައްޤުތައް ދިފާޢުކުރުމަށް ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތައް ބާރުވެރިކުރުވާ، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުން.

ކޮމިޝަން އުފެދިގެން އައިގޮތް

ފުރަތަމަ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނެއް އުފެދިފައިވަނީ 10 ޑިސެމްބަރ 2003 ވަނަ އަހަރު ރައީސުލްޖުމްހުރިއްޔާގެ ޤަރާރެއްގެ ދަށުން، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބުމުގެ ބާރު ލިބިފައިވާ، މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އުފެދިފައިވަނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހަށްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކަށް އެހީތެރިވެ ހިތްވަރު ދިނުމަށެވެ.ކޮމިޝަނުން ކުރިއަށް އޮތް 5 އަހަރަށް އަމާޒުކުރާ ދާއިރާތައް

(ހ) އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުން

(ށ) އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުން

(ނ) ކޮމިޝަންގެ ހިންގުން ހަރުދަނާކުރުން